ޓިކްޓޮކް ޔާޔާ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް

ޓިކްޓޮކް ވީޑިޔޯތަކުން މީހުންގެ ފާޑުކިޔުން އަބަދުވެސް އަމާޒުވަމުން ދިޔަ މުހައްމަދު ނަބީލް (ޔާޔާ)، ޑްރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށް ލާން ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
މުހައްމަދު ނަބީލްގެ މައްޗަށް ވަނީ ޑްރަގް ޓްރެފިކިންގެ ކުށް ސާބިތުވެ، އުމުރަށް ޖަލަށް ލުމާ އެކު 100،000ރ. (އެއް ލައްކަ ދިވެހި ރުފިޔާ އިން) އިން ޖޫރިމަނާކޮށްފައެވެ.
މީގެ ކުރިންވެސް އެކި ފަހަރުމަތިން ޔާޔާ ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން، 2022 ވަނަ އަހަރު ޓިކްޓޮކްގައި ބަރަހަނާވި މައްސަލަ އަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ވަނީ އެއް އަހަރާއި އެއް މަހަށް ޖަލަށްލާން ވެސް ކްރިމިނަލް ކޯޓުން ހުކުމެއް ކޮށްފަ އެވެ.
އެ ފަހަރު ހުކުމް ކުރީ އޮރިޔާން ކާޑު ހެދުމުގެ ކުށާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައެވެ.
ރިއެކްޓް



