ޓައިޕޭ ބަލިކޮށް ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު ފައިނަލަށް

ރާއްޖޭގެ 21 އަރުންދަށުގެ އަންހެން ނެޓްބޯޅަ ޓީމު "އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް 2025" ގެ ޕްލޭޓް ޑިވިޝަން (ގްރޫޕް ބީ) ގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިމަހުގެ 5 ގެ ނިޔަލަށް ދެކުނު ކޮރެއާގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ޗައިނީސް ޓައިޕޭ ބަލިކޮށްފައެވެ.
މި މެޗުގައި ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗު ކާމިޔާބުކުރީ 61-39 ޕޮއިންޓުންނެވެ.
ފައިނަލުގައި ރާއްޖޭގެ ޓީމު ވާދަކުރާނީ ޕާކިސްތާނުގެ ޓީމާއެވެ. ޕާކިސްތާނު ފައިނަލަށް ދަތުރުކުރީ ޖަޕާން ބަލިކުރުމަށްފަހުއެވެ.
ރިއެކްޓް



