ޚަބަރު

ސްރީލަންކާގެ ރައީސް ތިން ދުވަހުގެ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަނީ

ސްރީލަންކާގެ ރައީސް ތިން ދުވަހުގެ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަނީ

ޖޫން 26, 2025 - 15:57
 0
ސްރީލަންކާގެ ރައީސް ތިން ދުވަހުގެ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަނީ
ސްރީލަންކާގެ ރައީސް އަނުރަ ކުމާރު ޑިސަނޭކާ -- ފޮޓޯ: ގޫގުލް

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ވިޔަފާރީގެ މަޝްވަރާތަކެއް ކުރެއްވުމަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރު ޑިސަނޭކާ ރާއްޖެއަށް ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާ ކަމަށް އެ ޤައުމުގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށް ސްރީލަންކާގެ ފޮރިން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ފްރީ އިކޮނޮމިކް ޒޯނެއް ޤާއިމުކުރުމާ ގުޅޭ މަޝްވަރާތަކެއްވެސް ކުރެވިގެންދާނެ ކަމަށް ސްރީލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ދިވެހިރާއްޖެ އާއި ސްރީލަންކާއަކީ އެތައް އަހަރެއްގެ ދުވަސްވަންދެން ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. ވިޔަފާރީގެ ދާއިރާއިން ވެސް ދެ ޤައުމުގެ ދެމެދުގައި ވަރަށް ބޮޑު ގުޅުމެއް އޮވެއެވެ. މި ދަތުރުފުޅާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0