ޚަބަރު , ސިޔާސީ

ޝިމަން އާއި މަހްޒޫމްއަށް ދަޢުވާކުރީ ނަސޭހަތުގެ އެއްބަސްވުމުގައި ސޮއިނުކުރުމުން: ޕީޖީ

ޖުލައި 3, 2025 - 18:39
ޖުލައި 3, 2025 - 18:47
 0
ޝިމަން އާއި މަހްޒޫމްއަށް ދަޢުވާކުރީ ނަސޭހަތުގެ އެއްބަސްވުމުގައި ސޮއިނުކުރުމުން: ޕީޖީ
ޒުވާނުންގެ މުޒާހަރާގެ ތެރެއިން -- ފޮޓޯ: މިހާރު

ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދަޢުވާކުރީ ނަސޭހަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އެއްބަސްނުވުމުން ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

"ވިރާސީ" އަށް މަޢުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ ނަސޭހަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މަހުޒޫމާއި ޝިމަންއަށް އެ އޮފީހުން ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއިކުރުމަށް އެ ދެފަރާތުންވެސް ދެކޮޅުހަދާފައިވާކަމަށް ޝަފީޢު ވިދާޅުވިއެވެ.

ޝަފީޢު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެ އޮފީހުގެ ޕްރޮސީޖަރ އޮންނަ ގޮތުން ނަސޭހަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ދެކޮޅުހަދާނަމަ މައްސަލައިގައި ދަޢުވާ ކުރެވޭނެއެވެ.

"އަދިވެސް ނަސޭހަތުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ފުރުސަތު އެބައޮތް" ޝަފީޢު ވިދާޅުވިއެވެ.

މަހުޒޫމްގެ މައްޗަށް ދައުވާކޮށްފައިވަނީ މުޒާހަރާ ކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު ފުލުހެއްގެ މޭމަތީގައި ކަނާތުން އަޅައި ކޮއްޕާލައި އަނިޔާކުރި ކަމަށް ތުހުމަތުކޮށެވެ. އަދި ޝިމަންގެ މައްޗަށް ދައުވާކޮށްފައިވަނީ ފުލުހުންގެ ސަފު ރޫޅާލުމަށްފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމަށް ބުނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0