ރުކުމާ މުހައްމަދު މޯލްޑިވްސް ގޭސްގެ ޑީއެމްޑީ ކަމުގެ މަގާމަށް އައްޔަނުކޮށްފި
ރުކުމާ ކުރިން ހުންނެވީ ފެނަކައިގެ ޑީއެމްޑީ ކަމުގެ މަގާމުގައި

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މޯލްޑިވްސް ގޭސްގެ ޑީއެމްޑީ ކަމުގެ މަގާމަށް އައްޔަނުކޮށްފިއެވެ.
މި ބަދަލު ގެނައި ސަބަބެއް ޔަގީންވެ ސާފު ނުވިނަމަވެސް, ވިރާސީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކައިގެ ޑީއެމްޑީ ކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީ ކަމުގެ މަގާމަށް ބަދަލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
މިއީ މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ރުކުމާ މުހައްމަދުގެ މަގާމު ބަދަލުކުރެއްވެވި ތިން ވަނަ ފަހަރެވެ. ފެނަކައިގެ ޑީއެމްޑީ ކަމުގެ މަގާމާއި ހަވާލު ވުމުގެ ކުރިން ރުކުމާ މުހައްމަދު ހުންނެވީ ވެމްކޯގެ ޑީއެމްޑީ ކަމުގެ މަގާމުގައެވެ.
ރިއެކްޓް



