ރޮނާލްޑޯ އަށް މޮރޮކޯ ކްލަބަކުން އޮފާއެއް ހުށަހަޅައިފި
ރޮނާލްޑޯގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ

ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދަން މޮރޮކޯގެ ކްލަބް ވައިދާދް އޭސީ އިން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރޮނާލްޑޯ، 40، މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު، އަލް ނަސްރަށް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އަހަރަކު 200 މިލިއަން ޑޮލަރު ލިބޭ ޑީލެއްގަ އެވެ. އެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.
އަލް ނަސްރަށް އަންނަ ސީޒަނުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބުމުގެ އަމިއްލަ ބާރު ގެއްލިފައިވާއިރު، އަލް ނަސްރުން ރޮނާލްޑޯގެ ކޮންޓްރެކްޓް އާ ކުރުމާ މެދު ދެ ވަނަ ވިސްނުމަކަށް ވަނީ ގޮސްފަ އެވެ.
ރޮނާލްޑޯއާ ބްރެޒިލްގެ ކްލަބްތަކަކުން ވާހަކަ ދައްކަމުން އަންނައިރު، އަންނަ މަހު ކްލަބް ވޯލްޑް ކަޕްގައި، ކުޅެން ތައްޔާރުވަމުން އަންނަ ވައިދާދް އިން ވަނީ ރޮނާލްޑޯ އަށް ކޮންޓްރެކްޓް ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ. އެކަމަކު، އެއާ މެދު ސީރިއަސް ނަޒަރަކުން ރޮނާލްޑޯގެ އޭޖެންޓް، ޖޯޖް މެންޑޭސް މަޝްވަރާ ކުރަން ނުވިސްނާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވައިދާދް އޮތީ، މެންޗެސްޓާ ސިޓީ، އަލް އައިން އަދި ޔުވެންޓަސްއާ އެއް ގްރޫޕެއްގަ އެވެ.
ރިއެކްޓް



