ޚަބަރު , ސިޔާސީ

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

ޖުލައި 7, 2025 - 11:43
ޖުލައި 7, 2025 - 12:38
 0
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް: ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލް މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހެވެ.

ބިލަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާ ގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރާ ބިލެކެވެ. ބިލުގައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި އަދި ޤައުމީ މުހިންމު މައްސަލަތަކުގައެވެ.

ބިލުގައި ފާހަގަކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ ދެވަނަ ބާބު ކަމުގައިވާ "އަސާސީ ހައްޤުތަކާއި މިނިވަންކަން" އަށް ގެނެވޭ އިސްލާހުތަކާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ގެނެވޭ ބަދަލުތަކާއި، ރިޔާސީ ދައުރަށް ގެނެވޭ އިސްލާހުތައް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ސަރަހައްދާ ގުޅޭ މާއްދާތަކަށް ގެނެވޭ ބަދަލުތަކަށްވެސް ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެއެވެ.

ބިލުގައިވާ ގޮތުން، ވޯޓުގެ ކަންތައްތައް ހިންގާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އަދި 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް މި ވޯޓުގައި ބައިވެރިވުމުގެ ހައްޤު ލިބިގެންވެއެވެ. ވޯޓު ނެގުމަށް ހުށަހަޅާތާ މަދުވެގެން 45 ދުވަހާއި ގިނަވެގެން 90 ދުވަހުގެ ތެރޭގައި ވޯޓު ނަގަންޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ކުރިން، ވޯޓާ ގުޅޭ މަޢުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. 


ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0