ޚަބަރު , ސިޔާސީ

ރައުދު މައްސަލާގައި ދާއޫދު އިހުސާނަށް ގުޅައި މެސެޖުކޮށްފައިވޭ: ކޮމިޝަން ރިޕޯޓު

ދާއޫދަކީ ފެންޓެނޯއީއިން ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު އެންމެފަހުން އުޅުނު ރައުދު އަހްމަދު ޒިލާލުގެ އެއްބަނޑުއެއްބަފާ ބޭބެ

ޖޫން 18, 2025 - 13:53
ޖުލައި 1, 2025 - 00:10
 0
ރައުދު މައްސަލާގައި ދާއޫދު އިހުސާނަށް ގުޅައި މެސެޖުކޮށްފައިވޭ: ކޮމިޝަން ރިޕޯޓު
މިނިސްޓަރ އިހުސާން އަދި ދާއޫދު

ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގު ހިނގަމުންދަނިކޮށް، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ޑިޖިޓަލް ސްޓެރެޓެޖީ ދާއޫދު އަހްމަދު ޒިލާލް، ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނަށް ގުޅައި މެސެޖުކުރި ނަމަވެސް، ކޮމިޝަނުގެ ތަހުގީގަށް ދިން ބަޔާނުގައި އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ ދޮގު ހަދާފައިވާކަން ރިޔާސީ ކޮމިޝަނުގެ ރިޕޯޓުން ހާމަވެއްޖެއެވެ.

ދާއޫދަކީ ފެންޓެނޯއީއިން ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު އެންމެފަހުން އުޅުނު ރައުދު އަހްމަދު ޒިލާލުގެ އެއްބަނޑުއެއްބަފާ ބޭބެއެވެ. މި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާމެދު ސުވާލު އުފައްދައި، ތަހުގީގަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތުތަކާ ގުޅިގެން، އެޕްރީލް 24 ގައި ދާއޫދު މަގާމުން ސަސްޕެންޑް ކޮށްފައިވާކަމަށް ރައީސްއޮފީހުން ވަނީ ހާމަކޮށްފައެވެ.

ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދާއޫދު ކޮމިޝަނަށް ދިން ބަޔާނުގައި ބުނެފައިވަނީ ރައުދުއާ ދިމާވީ އެޕްރީލް 18 ވަނަ ދުވަހުގެ ފަތިހު 5:30 އާއި 6:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި ރައުދު ގެއަށް ގެނައި މީހަކު ނޭނގޭ ކަމަށާއި، އޭނާ ހުރީ "ޑިސްއޮރިއެންޓަޑް" ކޮށް ކަމަށް ދާއޫދު ބުނެފައިވެއެވެ.

ނަމަވެސް، ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ކޮމިޝަނަށް ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެޕްރީލް 18 ވަނަ ދުވަހުގެ މެންދުރުފަހު ދާއޫދު ގުޅުމުން 1 މިނިޓުގެ ކޯލެއް ނަގާފައިވާ ކަމަށެވެ. މިނިސްޓަރު އިތުރަށް ފާހަގަކުރައްވާފައިވަނީ ދާއޫދަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން ދަންނަ މީހެއްކަމަށެވެ.

ކޮމިޝަނުގެ ރިޕޯޓުން ހާމަވާ ގޮތުގައި، ދާއޫދު ބުނެފައިވަނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް، އެޕްރީލް 18 ވަނަ ދުވަހުގެ އެކި ވަގުތުތަކުގައި އޭނާ މިނިސްޓަރު އިހްސާނާ މުއާމަލާތުކޮށް ވާހަކަ ދައްކާފައިވާކަން ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0