ސިޔާސީ

ރައީސްގެ ޚާއްސަ މަންދޫބަކަށް ޑރ. ވަހީދު އައްޔަންކޮށްފި

ރައީސްގެ ޚާއްސަ މަންދޫބަކަށް ޑރ. ވަހީދު އައްޔަންކޮށްފި

މޭ 26, 2025 - 16:04
ޖުލައި 1, 2025 - 02:49
 0
ރައީސްގެ ޚާއްސަ މަންދޫބަކަށް ޑރ. ވަހީދު އައްޔަންކޮށްފި
ރައީސް ވަހީދަށް މަޤާމުގެ ލިޔުން އަރުވަނީ --

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބުގެ މަޤާމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަންމަނިކު އައްޔަންކުރައްވައިފިއެވެ.

ބޭރު ދުނިޔޭގައި ، ޚާއްސަކޮށް ޢަރަބި ދުނިޔޭގެ އެކ ޤައުމުތަކުގެ ދައުލަތްތަކާއި ގާތް ގުޅުމެއް އޮންނަ ޑރ. ވަހީދު "ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް" ގެ މަޤާމަށް އައްޔަންކުރުމަކީ ރައީސް މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކަށް ހަރުދަނާ ބަދަލެއް އަންނާނެ ކަމެއް ކަމަށް ބެލެވެއެވެ.

ރައީސް ވަހީދަށް މި މަޤާމު އަރުވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ރައީސް ވަޙީދަށް ތަޢުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ރައީސް ވަހީދަކީ ވަރަށް ގާބިލް ބޭފުޅެއް ކަމާއި ރާއްޖޭގެ ހާރިޖީ ގުޅުންތައް ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށް،  އިގުތިސޯދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ދޭދޭ ގައުމުތަކާއެކު މަޝްވަރާކުރައްވައި ކާމިޔާބީ ހާސިލްކުރުމަށް މަސައްކަތްކޮށްދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން މަޢުލޫމާތުދެއްވި ގޮތުގައި ރައީސް ވަހީދު މި މަގާމަށް އައްޔަންކޮށްފައިވަނީ މުސާރަ ނުހިނގާ ގޮތަށެވެ.

ރައީސް ވަހީދަކީ ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ޓިކެޓް ލިބެން އޮތް ފަރާތް ކަމުގައި ރިޔާސީ ކެންޕޭނުގެ ދުވަސްވަރު ވާހަކަ ދެކެވުނެވެ. ޚުދު ރައީސް ވަހީދުވެސް ވަނީ ޕާޓީ ތެރެއިން އެމަނިކުފާނަށް "ލަނޑެއް" ދީފައިވާކަމަށް ދޭހަވާ ގޮތަށް އެވާހަކަ ދައްކަވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0