ރާއްޖޭގައި މިއަހަރު ޔޯގާ ޑޭ ފާހަގަކުރީ ރިސޯޓެއްގައި
ރާއްޖޭގައި މިއަހަރު ޔޯގާ ޑޭ ފާހަގަކުރީ ރިސޯޓެއްގައި
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގެ ރިސޯޓެއްގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ސޯޝަލްމީޑިއާގއި ހިއްސާކުރި ޕޯސްޓެއްގައި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނީ ޔޯގާ ދުވަސް ފާހަގަކޮށްފައިވަނީ ތާޖް އެގްޒޯޓިކާ ރިސޯޓުގައި ކަމަށާއި މި ހަރަކާތުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ.
ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރު ޝަރަފުވެރިކޮށްދެއްވި މި ހަރަކާތަކީ، ރާއްޖޭގައި ފާއިތުވި ދެ އަހަރު ތެރޭގައި އާންމުކޮށް ބޭއްވުނު އެންމެ ބޮޑު ޔޯގާ ހަރަކާތެވެ.
ރާއްޖޭގައި އެންމެ ފަހުން ޔޯގާ ދުވަސް ފާހަގަކުރުމަށް އާންމު ތަނެއްގައި ހަރަކާތެއް ބޭއްވީ 2021 ވަނަ އަހަރުއެވެ. އެ ހަރަކާތް ހިނގަމުންދިޔަ ސަރަހައްދަށް ބަޔަކު ވަދެ، އެކަމާ ދެކޮޅަށް އަޑުއުފުލައި، ހަމަނުޖެހުން އުފެދުނެވެ.
2021 ވަނަ އަހަރުގެ ހާދިސާގައި ބައިވެރިވި ފަރާތްތަކާ ދެކޮޅަށް ދަޢުވާ އުފުލައި، އެ މައްސަލަ ޝަރީޢަތަށް ހުށަހެޅުނު ނަމަވެސް، ދާދި ފަހުން ވަނީ އެ ދަޢުވާތައް އަނބުރާ ގެންގޮސްފައެވެ. އެ ހާދިސާގައި ޔޯގާ ހަރަކާތާ ދެކޮޅަށް އަޑުއުފުލި ފަރާތްތަކުން ބުނެފައިވަނީ ޔޯގާއަކީ އިސްލާމްދީން ނޫން އެހެން ދީނެއްގެ އަޅުކަމެއް ކަމަށާއި، ރާއްޖޭގައި އެފަދަ ކަންކަން ކުރުން ބަލައިނުގަނެވޭނެ ކަމަށެވެ.
މިއަހަރުގެ ޔޯގާ ދުވަހުގެ ހަރަކާތް ރިސޯޓެއްގައި ބޭއްވީ، މާޒީގެ ތަޖުރިބާއަށް ބަލައި، އިތުރު ހަމަނުޖެހުމެއް ކުރިމަތިވިޔަ ނުދިނުމަށް ކަމަށް ބެލެވެއެވެ.
ރިއެކްޓް



