ސިޔާސީ , ޚަބަރު

އާރްޓީއެލް ޚިދުމަތް ފުޅާކުރުމަށް އިންޑިއާއިން ރާއްޖެ އަށް 100 މިލިއަން ރުފިޔާގެ އެހީ އެއް

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރުޓީއެލްގެ ހިދުމަތް ފުޅާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގަންނަވާފަ

މޭ 19, 2025 - 00:43
ޖުލައި 1, 2025 - 02:51
 0
އާރްޓީއެލް ޚިދުމަތް ފުޅާކުރުމަށް އިންޑިއާއިން ރާއްޖެ އަށް 100 މިލިއަން ރުފިޔާގެ އެހީ އެއް
ފޮޓޯ: ފޮރިން އެފެއާޒް

އާރްޓީއެލް ޚިދުމަތް ފުޅާކުރުމަށް އިންޑިއާއިން ރާއްޖެ އަށް 100 މިލިއަން ރުފިޔާގެ އެހީ އެއް ދީފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުއެވެ. އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާލަސުބްރަމާނިއަންއެވެ. މީގެ އިތުރުން އެ އެއްަސްވުމުގައި ތަންފީޒީ އިދާރާގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީންއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 12 މަޝްރޫޢު އެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕެމެންޓް" ސްކީމް ތިންވަނަ ފިޔަވަހީ ގެ ދަށުންނެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ކޮންމެ ރައްޔިތަކަށްވެސް ބޭނުންކުރެވޭ ހަލުވި ފެރީގެ ނިޒާމެއް މުޅި ރާއްޖޭގައި ޤާއިމުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އަދި މި ނިޒާމާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމަށްވެސް މަގު ފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރުޓީއެލްގެ ހިދުމަތް ފުޅާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.

މިހާރު އާރްޓީއެލްގެ ޚިދުމަތް ރަނގަޅަށް ދެމެހެއްޓެނެވި ގޮތަކަށް ނުދެވޭތީ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0