ޚަބަރު

މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ޖޫން 28, 2025 - 15:19
ޖުލައި 1, 2025 - 02:40
 0
މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
ފޮޓޯ: ފުލުހުން

މޫސުން ގޯސްވެ އުދަ އަރާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން މިއަދު މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ދީފައިވަނީ މިއަދު މެންދުރު 13:30 އިން ހަވީރު 17:00 އަށެވެ.

މެޓުން މިއަދު ނެރުނު މޫސުމީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މޫސުމާ ގުޅޭ އިތުރު މައުލޫމާތު ދެމުން މެޓުން ބުނެފައިވަނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ. އެހެންކަމުން، ކަނޑުދަތުރުކުރާ ފަރާތްތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް އިރުޝާދު ދީފައިވެއެވެ.

މޫސުން ގޯސްވެފައިވާތީ، އާންމު ރައްޔިތުންނަށް ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0