ސިޔާސީ , ޚަބަރު

މިނިސްޓަރު އަމީނަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާހެއް ނުވި

މިނިސްޓަރު އަމީނަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާހެއް ނުވި

މޭ 15, 2025 - 17:03
ޖޫން 30, 2025 - 23:07
 0
މިނިސްޓަރު އަމީނަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާހެއް ނުވި
ޓްރާންސްޕޯޓް މިނިސްޓަރ އަމީން

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓަރު މުހައްމަދު އަމީނަށް އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅުން ހުށަހެޅި މައްސަލަ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްނުވެ ބޭރުވެއްޖެއެވެ..

މަޖިލީހުގެ އާންމު ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، މިނިސްޓަރު އަމީނަށް ޖަވާބުދާރީވުމަށް އެއްގަޑިއިރުގެ ވަގުތު ދިނުމަށް ނިންމުމާ ގުޅިގެން، މިއަދުގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުން ކުރި ހަތް ތުހުމަތަކަށް ވަކިވަކިން ވަނީ ޖަވާބުދާރީވެފައެވެ.

އިދިކޮޅު ފަރާތްތަކުން ކުރި ތުހުމަތުތަކުގެ ތެރޭގައި، "ހެންވޭރު ގެއެއްގެ ފުރާޅުން އަންހެނަކު ވެއްޓުނު މައްސަލައިގައި ވަޒީރުގެ ނުފޫޒު ފޯރުވާފައިވާ ކަމަށާއި، ގެކޮޅު ފުލުހުން ރެއިޑްކުރި ވަގުތު ފުލުސް ކޮމިޝަނަރަށް ގުޅުމާއި، ސީސީޓީވީ ހަލާކުވެފައިވާ ކަމަށް ބުނެ ފުލުހުންނަށް ނުދިނުން" ފަދަ ކަންކަން ހިމެނެއެވެ.

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި މި މައްސަލައިގައި އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާއި، އޭރުގެ ޕޮލިސް ކޮމިޝަނަރަށް ގުޅުއްވީ ގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ބޭނުންނުވާނެކަން އެންގެވުމަށް ކަމަށެވެ. އަދި އިދިކޮޅުން ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް އޮތްނަމަ، ތަޙުޤީޤީ އިދާރާތަކަށް ހުށަހެޅުމަށް ވެސް އަމީން ވަނީ ގޮވާލައްވާފައެވެ.

މި މައްސަލައިގައި ނެގުނު ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 54 މެންބަރުން ވަނީ އަމީނަށް އިތުބާރު އޮތް ކަމަށް ވޯޓު ދެއްވާފައެވެ. އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. މިއާއެކު މިނިސްޓަރު އަމީނަށް އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހުން ބޭރުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0