ސިޔާސީ , ވިޔަފާރި

މި އަހަރު ނިޔަލަށް ދައުލަތުގެ ދަރަނި 156.2 ބިލިއަން ރުފިޔާއަށް އަރާނެ: އަމީރު

ޖުލައި 7, 2025 - 15:14
ޖުލައި 7, 2025 - 15:23
 0
މި އަހަރު ނިޔަލަށް ދައުލަތުގެ ދަރަނި 156.2 ބިލިއަން ރުފިޔާއަށް އަރާނެ: އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު -- ފޮޓޯ:ވިރާސީ

މި އަހަރު ނިމެންވާއިރަށް ދައުލަތުގެ ދަރަނި 156.2 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިކޮނޮމިކް ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ފާހަގަކުރެއްވި ގޮތުގައި ކޮވިޑުގެ ދުވަސްވަރު ވެސް ދަރަނި އިތުރު ނުވާ ވަރަށް ރާއްޖޭގެ ދަރަނި މިހާރު އަންނަނީ އިތުރުވަމުންނެވެ. މިގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނު އިރު ދައުލަތުގެ ދަރަނި 146.1 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށާއި މިދިޔަ އަހަރު ދަރަނީގެ ތެރެއަށް 20 ބިލިއަން އިތުރުވިއިރު މި އަހަރު 12 ބިލިއަން ރުފިޔާ އިތުރުވެގެންދާނެކަމަށް އަމީރު ފާހަގަކޮށްފައިވެއެވެ. 

"ދައުލަތުގެ ދަރަނިވެސް މި އަންނަނީ ބޮޑުވަމުން. އޭރު ކޮވިޑުގެ ދުވަސްވަރު ވެސް ރާއްޖޭގެ ދަރަނި އިތުރު ނުވާ މިންވަރަށް މިހާރު ދަރަނި އިތުރުވެގެން އެބަދޭ. ކޮވިޑުގެ ދުވަސްވަރު ދަރަނި އިތުރުވީ އެހެން ގޮތެއް ނެތިގެން. ރާއްޖޭގެ އަމިއްލަ ފަރުދުންނާއި, ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަދި ރާއްޖޭގެ އިގްތިސޯދު ހިފަހައްޓަން އަޅުގަނޑުމެން ކުރަން ޖެހުނު ކަންތައްތަކެއް ކުރަން ޖެހުނީމަ އިތުރު ގޮތެއް ނެތިގެން އޭރު ދަރަނި އިތުރުވެގެން ދިޔައީ" އަމީރު ވިދާޅުވިއެވެ. 

މީގެ އިތުރުން އަމީރު ފާހަގަކުރެއްވި ގޮުތުގައި މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓް މިއަދު މިވަނީ ދުވަހަކު ވެސް ނުދާވަރަށް މައްޗަށް ގޮއްސައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0