ޚަބަރު

މިއަހަރު ހުޅުމާލޭގައި އިތުރު ސްކޫލެއް އަޅަނީ

ޖުލައި 3, 2025 - 23:00
 0
މިއަހަރު ހުޅުމާލޭގައި އިތުރު ސްކޫލެއް އަޅަނީ
މިނިސްޓަރ އިސްމާޢީލް ޝަފީޢު -- ފޮޓޯ: މިނިސްޓްރީ

މި އަހަރު ހުޅުމާލޭގައި އިތުރު ސްކޫލެއް އެޅުމަށް ނިންމަވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރައްވާ އައު ސްކޫލްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތްފުޅުގައި މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ތެރޭގައި ހުޅުމާލޭގައި އިތުރު ސްކޫލެއް އެޅުމުގެ ނިންމަވާފައިވާ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ހުޅުމާލޭގެ އާބާދީ އިތުރުވާ ނިސްބަތަށް ބެލުމަށްފަހު ސްކޫލް ގާއިމުކުރާނެ ފިޔަވައްސެއް ނިންމަވާނެ ކަމަށެވެ.

މިއަދު މިނިސްޓަރ މަސައްކަތް ބައްލަވާލައްވަން ވަޑައިގެންނެވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ސްކޫލުގެއެވެ. މި ސްކޫލަށް ޝަހީދު އަލީ ސްކޫލް ގެ ނަމުން ނަން ދިނުމަށް ނިންމަވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0