ޚަބަރު

މަރާމާތުކުރުމަށް ވެލާނާ އެއާޕޯޓަށް ވަންނަ މަގު ވަގުތީ ގޮތުން ބަންދު ކުރަނީ

ޖުލައި 3, 2025 - 20:35
ޖުލައި 3, 2025 - 21:02
 0
މަރާމާތުކުރުމަށް ވެލާނާ އެއާޕޯޓަށް ވަންނަ މަގު ވަގުތީ ގޮތުން ބަންދު ކުރަނީ
ވެލާނާ އެއާޕޯޓަށް ވަންނަ މަގު -- ފޮޓޯ: ވިރާސީ

މަރާމާތު ކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ވަންނަ މަގު ވަގުތީ ގޮތުން ބަންދު ކުރުމަށް އެކުންފުނިން ނިންމައިފި.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވީ ވީއައިއޭއަށް ވަންނަ މައި މަގު އެއްވަރު ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާތީ މި މަހުގެ ހަތަރުވަނަދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް އެ މަގު ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ.

އަދި މަގު ބަންދުކޮށްފައި ހުންނަ ވަގުތުތަކުގައި އެސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ކުންފުނީގެ ސެކިއުރިޓީ ސާވިސްގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށާއި މަގު ބަންދުކޮށްފައިވާ ކަމުގެ ނިޝާންތައް މަގަށް ވަންނަ ދިމާލުގައި ބަހައްޓާފައިވާނެކަމަށްވެސް އެކުންފުނިން މަޢުލޫމާތު ދެއެވެ.

އަދި މީގެ އިތުރުން މަގު ބަންދުކުރުމުގެ ސަބަބުން އެއާޕޯޓަށްދާ ފަރާތްތަކަށް ދިމާވާދަތިތަކަށް އެއާޕޯޓު ކޮމްޕެނީން ވަނީ މާފަށް އެދިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0