މަގު ހުރަސް ކުރަން އުޅުނު މީހާ މިވަގުތު އޮތީ އައިސީޔޫގައި

ގްރޭޓަރ މާލެ ބަސް ޓާމިނަލު ކައިރީ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 40 އަހަރުގެ އިބްރާހިމް ސިރާޖް، ބ. ތުޅާދޫ، މިވަގަުތު އޮތީ އައިސީޔޫ ގައި ކަމަށް "ވިރާސީ" އަށް މައުލޫމާތު ލިބިއްޖެއެވެ.
އޭނާ އަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައެވެ. އޭނާގެ ހާލު ވަރަށް ސީރިއަސްއެވެ.
އެކްސިޑެންޓުގެ ވީޑިޔޯތަކުން ފެންނަ ގޮތުގައި ސިރާޖަކީ މަގު ހުރަސް ކުރަން އުޅުނު ދުވާ މީހާއެވެ. ސިރާޖުގެ މޫނުގެ ބައެއް ކަށިތަކާއި ބައެއް މޭކަށިތައް ބިނދިފައި ވުމުގެ އިތުރުން އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާކަމަށް ވެސް ފުލުހުންގެ މައުލޫމާތުން އެނގެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ 17 އަހަރުގެ ކުއްޖާ ވަނީ ރޭ ނިޔާވެފައެވެ. ދެން ހިމެނޭ 16 އަހަރުގެ ކުއްޖާ އަށް މިވަގުތު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ވޯޑެއްގައެވެ.
މި އެކްސިޑެންޓް ހިންގަން މެދުވެރިވީ ބާރު ސްޕީޑެއްގައި އައި ސައިކަލެއް އެހިސާބުގައި ދުވަން ނުކުމެ އުޅުނު މީހެއް ގައިގައި ޖެހި އަދި ސައިިކަލު ކޮންޓްރޯލްނުވެ އެތަނުން އައި ޕިކަޕެއްގައި ޖެހިގެން ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
ރިއެކްޓް



