އެމްއެމްޕީއާރްސީ ގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" އަށް މިއަދު ބަދަލުކުރައްވައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނަންބަރު 2025/19 ޤަރާރުގެ ދަށުންނެވެ.
ވިޒިޓް މޯލްޑިވްސް ގެ އާ ލޯގޯ ވެސް މިއަދު ވަނީ ތައާރަފް ކޮށްފައެވެ. ލޯގޯ އަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ލޯގޯގެ ކުލަތަކުގެ ޓޯންތަކަށް ގެނެވުނު ކުދިކުދި އިސްލާހުތަކާއި، ހުޅުވިފައިވާ ތަންތަނުގައި އިޝްތިހާރު ހަރުކުރެވޭއިރު ފަސޭހައިން ފާހަގަކުރެވޭނެ ގޮތަށް ލޯގޯ ޓައިޕަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ.
އެމްއެމްޕީއާރްސީ ނުވަތަ މިހާރުގެ ނަމުން ނަމަ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރާ މުހިންމު ކުންފުންޏެކެވެ.
ރިއެކްޓް



