ޚަބަރު

ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި

ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި

ޖޫން 25, 2025 - 22:10
 0
ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސްއޮފީސް

މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، 2025 ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސްއޮފީހުން ހާމަކުރެއްވި ގޮތުގައި މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީއާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ 2025 ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމުގައިވެސް މުހިންމު ކަންކަން ހިމެނޭތީ، 2025 ޖުލައި 28 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމަވާފައިވާކަމަށެވެ.

ރައީސް މިފަދައިން ނިންމެވުމާގުޅިގެން މިނިވަންދުވަހުގެ ބަންދަށްފަހު ދެން ސަރުކާރުން ހުޅުވޭނީ އެ ހަފްތާގެ އަންގާރަ ދުވަހެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0