އިމިގްރޭޝަނުން ކޮލަމްބިއާގެ އަންހެނަކު ހޯދަނީ
ކޮލަމްބިއާ އަންހެންމީހާ ހޯދާ ސަބަބެއް އެިމިގްރޭޝަނުން ހާމައެއް ނުކުރޭ

މޯލްޑިވްސް އިމިގްރޭޝަނުން ކޮލަމްބިއާގެ އަންހެނަކު ހޯދަން އިއުލާނުކޮށް، ފޮޓޯ އާންމުކޮށްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވި ގޮތުގައި ހޯދަމުން އަންނަނީ އުމުރުން 35 އަހަރުގެ ލައުރާ މާސެޑީސް ގުއެރާ އެސްކުއެދްރޯ ނަމަކަށް ކިޔާ އަންހެނެކެވެ.
⚠️ Notice to Appear pic.twitter.com/fS1B0hA8rv
— Maldives Immigration (@ImmigrationMV) July 1, 2025
އިމިގްރޭޝަނުން ނެރުނު ނޯޓިސްގައި ބުނެފައިވަނީ ކުރިއަށް އޮތް ފަސް ދުވަސް ތެރޭ މި އަންހެންމީހާ މ. ސްޓާ ކްލައުޑްގައި ހުންނަ އިމިގްރޭޝަންގެ ރިސްކް އިންޓެލިޖެންސް ސެކްޝަނަށް ހެނދުނު 8:00 އާއި 14:00 އާއި ދެމެދުގެ ވަގުތެއްގައި ހާޒިރުވުމަށް އަންގާކަމަށެވެ.
އިމިގްރޭޝަނުން އޭނާ ހޯދުމަށް އިއުލާނުކޮށްފައިވީނަމަވެސް އޭނާ ހޯދަމުން އަންނަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ރިއެކްޓް



