ޚަބަރު

ހަބަރާއި ވާހަކަ އެއް ޖީލުން އަނެއް ޖީލަށް - ވިރާސީ ލޯންޗުކޮށްފި!

ތެދު ޚަބަރާއި ހަގީގީ ވާހަކަތައް އެއް ޖީލުން އަނެއް ޖީލަށް ވާރުތަ ކުރުމުގެ މަގުސަދުގައި އައު އޮންލައިން ނޫސް 'ވިރާސީ' ލޯންޗުކޮށްފި.

ޖުލައި 1, 2025 - 09:23
ޖުލައި 1, 2025 - 09:24
 0
ހަބަރާއި ވާހަކަ އެއް ޖީލުން އަނެއް ޖީލަށް - ވިރާސީ ލޯންޗުކޮށްފި!

ތެދު ޚަބަރާއި ހަގީގީ ވާހަކަތައް އެއް ޖީލުން އަނެއް ޖީލަށް ވާރުތަ ކުރުމުގެ މަގުސަދުގައި އައު އޮންލައިން ނޫސް 'ވިރާސީ' ލޯންޗުކޮށްފި.

މިނިވަން ކަމާއި އިންޓެގްރިޓީއާއެކު ސާފު ސީދާ ބަހުން ރައްޔިތުންނަށް ރާއްޖެއާއި ބޭރުދުނިޔޭގެ ޚަބަރުތައް ގެނެސްދިނުމަށް އަމާޒުކޮށްގެން ފަށާފައިވާ މި ނޫހަކީ، ދިވެހި މީޑިއާގެ ދާއިރާއަށް އިތުރުވި އައު ހަރުފަތެކެވެ.

'ވިރާސީ' ގެ ނަމުގައި މި އޮންލައިން ނޫސް އުފަންވެގެން އައިސްފައިވަނީ، ރާއްޖޭގެ މީޑިއާގެ މައިދާނުގައި ފެންވަރު ރަނގަޅު، އިތުބާރުހުރި ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަން އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ކުޑަ ޓީމެއް ނަމަވެސް ވިރާސީ އުފެދުމުގެ ފަހަތުގައި ވަނީ ހުނަރުވެރި ޒުވާނުންތަކެކެވެ. 


އޮންލައިން ނޫހެއްގެ ގޮތުގައި ފެށިގެން އަންނަ 'ވިރާސީ' އިން ރާއްޖެއާއި ބޭރުގެ އެންމެ ފަހުގެ ޚަބަރުތަކާއި، ތަހުލީލީ ލިޔުންތަކާއި، ޚާއްސަ ފީޗަރތައް ގެނެސްދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ނޫހުގެ އަމާޒަކީ ދިވެހި މުޖުތަމައުއަށް ބޭނުންވާ މުހިންމު މައުލޫމާތު، ޒިންމާދާރު ގޮތެއްގައި ފޯރުކޮށްދިނުމާއެކު، ނޫސްވެރިކަމުގެ ހަމަތަކާއި އުސޫލުތަކަށް ފުރިހަމައަށް ތަބާވެ، ފެންވަރު ރަނގަޅު ނޫސްވެރިކަމެއް ކުރިއެރުވުމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 10
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 2
މަޖާ މަޖާ 1