ޚަބަރު

ގުޅީފަޅުން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

ގޯތީގެ އެއްބަސްވުމާއި ހަވާލުވުމުގެ އެޕޮއިންޓްމެންޓްއަށް އެދުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް

ޖުލައި 1, 2025 - 21:39
ޖުލައި 1, 2025 - 21:50
 0
ގުޅީފަޅުން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
ގުޅީފަޅު -- ފޮޓޯ: ސޯޝަލް މީޑިއާ

ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން އާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އަދި ބަންޑާރަ ގޯތީގެ އެއްބަސްވުމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ. 

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން, ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އާންމު ކޮށްފައިވާ އިއުލާނުގައި ވާގޮތުން, ގުޅީފަޅުގެ އާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންއަށް ގެނެވުނު ބަދަލާއި ގުޅިގެން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ވަނީ ބަދަލުވެފައެވެ.

މިބަދަލާއި ގުޅިގެން ގޯތި ލިބޭ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބާތިލް ކުރެވިފައިވާ ކަމަށާއި އައު ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އަދި ބަންޑާރަ ގޯތީގެ އެއްބަސްވުމާއި ހަވާލުވުމުގެ އެޕޮއިންޓްމެންޓްއަށް އެދުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް ކަމުގައި މިނިސްޓްރީގެ އުލާނުގައި ބުނެފައިވެއެވެ. 

އެޕޮއިންޓްމެންޓްއަށް އެދި ހިޔާވަހި ޕޯޓަލް އަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • އާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ 1 ފަރާތުގެ އައިޑީ ކާޑު ކޮޕީ
  • ބަދަލުގައ އެހެން ފަރާތެއް ފޮނުވަން ބޭނުންނަމަ ހިޔާވަހި ޕޯޓަލްގައި ހިމަނާފައިވާ ޕަވަރ އޮފް އެޓަރނީ (ނޮޓަރައިޒްކުރެވި ނޮޓަރީ ސެޓްފިކެޓް ހުށަހަޅާފައިވާ) އަދި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ 
  • ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ކޮޕީ 
  • ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ 

އެޕޮއިންޓްމެންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނިޓް ފަހުން ހާޒިރުވާ ފަރާތްތައް އަދި އެޕޮއިންޓްމެންޓްއަށް ވަޑައިގަންނަވާއިރު ގެންދަންޖެހޭ ލިޔެކިޔުންތައް ހަމަ ނޫން ފަރާތްތަކުގެ އެޕޮއިންޓްމެންޓް ކެންސަލް ކުރެވި އެހެން ތާރީހެއްގައި އެޕޮއިންޓްމެންޓް ހެދުމުގެ ފުރުސަރު ލިބިގެން ދާނެކަމަށްވެސް މިނިސްޓްރީގެ ބުނެފައިވެއެވެ.

އެޕޮއިންޓްމެންޓްއަށް ވަޑައިގަންނަވާއިރު ގެންދަން ޖެހޭ ލިޔެކިޔުންތައް:

  • ގޯތި ލިބިފައިވާ ފަރާތް/ފަރާތްތަކުގެ އައިޑީ ކާޑުގެ އަސްލު
  • ބަދަލުގައި ހާޒިރުވާ ފަރާތެއް ނަމަ, ނޮޓަރައިޒް ކުރެވިފައިވާ ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ނޮޓަރީ ސެޓްފިކެޓްގެ އަސްލު 
  • ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ އަސްލު 
  • ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީގެ އަސްލު 

އައު ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އަދި ބަންޑާރަ ގޯތީގެ އެއްބަސްވުން ދޫކުރުން ފެށުމަށް ނިންމާފައިވަނީ ޖުލައި 7 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0