ގެސްޓް ހައުސްއެއްގައި މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެ

މާލޭގެ ގެސްޓް ހައުސްއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މަޢުލޫމާތުދެއްވި ގޮތުގައި މައްޗަންގޯޅީގައި ހުންނަ ގެސްޓްހައުސްއެއްގައި މީހަކު ނިޔާވެފައި އޮއްވައި ފެނިފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖުލައި މަހުގެ 2 ވަނަ ދުވަހުގެރޭ 2:15 ހާއިރު ކަމަށެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ނ.ވެލިދޫ ފެހިވިލާގެ އިބްރާހީމް ޝިފާދު (32އ) އެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރިއެކްޓް



