ސިޔާސީ , ޚަބަރު

ޤައުމާއި ރައްޔިތުންނަށްޓަކައި ސަރުކާރު ދުރަށް ޖެހިލުމަށް ފައްޔާޒް ގޮވާލައްވައިފި

ޖުލައި 9, 2025 - 21:20
 0
ޤައުމާއި ރައްޔިތުންނަށްޓަކައި ސަރުކާރު ދުރަށް ޖެހިލުމަށް ފައްޔާޒް ގޮވާލައްވައިފި
ފައްޔާޒް އިސްމާޢީލް -- ފޮޓޯ: ވިރާސީ

ސަރުކާރުން ކުރާ ގިނަ ކަންތައްތައް ފަހުން ބަދަލުކުރަން ޖެހުމުން، އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ޤައުމާއި ރައްޔިތުންނަށްޓަކައި ދުރަށް ޖެހިލުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވެފައިވަނީ، "ސަރުކާރުން ކުރާ ކޮންމެ ކަމެއް ފަހުން ބަދަލުކުރަން ޖެހުމުން 'އުނބަށް ޖެހީޔޭ' ރައްޔިތުން ބުނާނެ" ކަމަށެވެ. އަދި ގޯސްކޮށް ކަންކަން ކުރުމަށްފަހު، ޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން، މަޖުބޫރުވެގެން ނަމަވެސް އެކަންކަން ރަނގަޅުކުރާކަމީ ނަސީބެއް ކަމުގައި ވެސް ވިދާޅުވިއެވެ.

މިއީ ގުޅީފަޅުން ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން ބަންޑާރަ ނައިބުގެ އޮފީހާ އެކު މަޝްވަރާ އަށް ގޮސް އެ ކަމަށް ހައްލެއް ހޯދަން ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީންް ބުނުމާ ގުޅިގެން ފައްޔާޒް ކުރެއްވި ޕޯސްޓެކެވެ. ނަމަވެސް ފައްޔާޒް ރިޕލައި ކުރެއްވިތާ މާގިނަ އިރު ނުވަނީސް ހައުސިންގ މިނިސްޓްރީން ވަނީ އެ ޕޯސްޓު ޑިލީޓުކޮށްފައެވެ.

ފައްޔާޒްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، މިފަދަ ހާލަތެއްގައި އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހޭ ކަމަށާއި، "މިހާ ހިސާބަށް ކަންކަން ދިޔައީމާ އަމިއްލަ ނަފްސާ އެބަޖެހޭ ސުވާލުކޮށްލަން ތިމަންނާއަށް ހަމަ މިކަން ވާނެބާއޭ" މިފަދަ ސުވާލުތައް ކުރަން ޖެހޭނެ ކަމަށެވެ.

އަދި ކަންކަން އިއާދަނުކުރެވޭ ހިސާބަށް ދިއުމުގެ ކުރިން، ޤައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ސަރުކާރުން ދުރަށް ޖެހިލުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތް ކަމުގައި ފައްޔާޒް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

ހައުސިންގ މިނިސްޓްރީން ވަނީ ގުލީފަޅުގެ ގޯތިތައް އަދި ބިންވެރިޔާ ސްކީމުގައި އެކި ނިންމުންތައް އެކި ފަހަރު މަތިން ބަދަލުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0