ވިޔަފާރި , ޚަބަރު

ފަސް ތަރީގެ ހޮޓެލް "ބާސެލޯ ނަސަންދުރާ" ރަސްމީކޮށް ހުޅުވައިފި

ބާސެލޯ ހުޅުވާފައިވަނީ ކުރީގެ ނަސަންދުރާ ބަންދުކުރިތާ 10 އަހަރު ފަހުން

މޭ 19, 2025 - 20:34
ޖޫން 30, 2025 - 23:35
 0
ފަސް ތަރީގެ ހޮޓެލް "ބާސެލޯ ނަސަންދުރާ" ރަސްމީކޮށް ހުޅުވައިފި
ފޮޓޯ: ބާސެލޯ

މާލެ ސަރަހައްދުގެ ފުރަތަމަ 5 ތަރީގެ ހޮޓެލް "ބާސެލޯ ނަސަންދުރަ" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހޮޓެލް ހުޅުވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހިމެވެ.

ސްޕެއިންގެ ބާސެލޯ ގްރޫޕުން ތަރައްގީކޮށްފައިވާ މި ހޮޓަލަކީ 16 ބުރީގެ، 136 ކޮޓަރި ހިމެނޭ ފަސްތަރީގެ ހޮޓެލެކެވެ. މީގެ ތެރެއިން 95 ކޮޓަރިއަކީ މޫދު ފެންނަ ކޮޓަރިތަކެވެ. މީގެ އިތުރުން 116 ވަނަ ފަންގިފިލާގައި ސާވިސް އެޕާޓްމަންޓް ވެސް މި ހޮޓެލުގައި ހިމެނެއެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ތާރިގު ވިދާޅުވީ، މި ހޮޓަލަކީ މާލެ ސަރަހައްދުގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް ގެންނާނެ ތަނެއް ކަމަށެވެ. އަދި މިއީ މަތީ ފެންވަރުގެ ފަތުރުވެރިކަން މާލޭގައި ފުޅާކުރުމަށް ހުޅުވިގެންދާ ދޮރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބާސެލޯ ނަސަންދުރާގެ ޖެނެރަލް މެނޭޖަރު އެންރިކް ރެއިނާ ކެނިޓްރޮޓް ވިދާޅުވީ މި ހޮޓެލް ހުޅުވަނީ ފަހުރުވެރިކަމުގެ ދާއިރާގައި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމުގެ އަމާޒުގައި ކަމަށެވެ.

މި ހޮޓަލަކީ 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ބާސެލޯ ގްރޫޕުން ބުނެއެވެ. މިއީ ކުރީގެ ނަސަންދުރަ ޕެލެސް ހޮޓެލް ބަންދުކުރިތާ 10 އަހަރު ފަހުން ހަމަ އެ ބިމުގައި ހުޅުވުނު ހޮޓެލެކެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވަޒީރުންނާއި، ބޭރު ގައުމުތަކުގެ ސަފީރުން އަދި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގަތެވެ. ހަމައެއާއެކު ރާއްޖޭގެ ވިޔަފާރިވެރިންނާއި، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0