އެކުގައި ގަދަކޮށް - އެމްޑީޕީގެ ޖަލްސާއެއް މި މަހު 11 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގައި

ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ގިނަދުވަސްވީ ޕާޓީ ކަމުގައިވާ އެމްޑީޕީއިން އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން, މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި "އެކުގައި ގަދަކޮށް" މި ނަމުގައި ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ޖަލްސާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އައިކު އަހްމަދު އީސާ ވިރާސީއަށް މައުލޫމާތު ދިން ގޮތުގައި މި ޖަލްސާ އަކީ އެމްޑީޕީއިން 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ފުރަތަމަ ޖަލްސާއެވެ. ކުޅުދުއްފުށި ސިޓީގެ އިތުރުން ހަމަ މި ފަދަ ޖަލްސާތަކެއް އައްޑޫ ސިޓީ, ފުވައްމުލައް ސިޓީ, ތިނަދޫ ސިޓީ އަދި މާލެ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި ބާއްވާ މި ޖަލްސާއަށް މާލެއިން މީހުން ފުރުމަށް ހަމަޖެހިފައިވަނީ ޖުލައި 10 ވަނަ ދުވަހުގެ ރޭ 10:00 ގައި ބާދުޝާހު ބޯޓުންނެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ބާއްވާ ޖަލްސާއަށް ޕާޓީގެ މެންބަރުން ބާދުޝާހު ބޯޓުން ފުރުން.
ޖުލައި 10 (ބުރާސްފަތި)، 22:00#EkugaaGadhakoh pic.twitter.com/McyvO7T9eL — MDP Secretariat (@MDPSecretariat) July 5, 2025
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއީލް ފާހަގަކުރައްވާފައި ވާގޮތުގައި, 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޖަލްސާތަކުގެ އިތުރުން އެހެނިހެން ހަރަކާތްތައް ރާވާ ހިންގުމަށްވެސް ވަނީ ނިންމާފައެވެ.
ރިއެކްޓް



