ޚަބަރު

ދިވެއްސަކު ރަހީނުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ޖުލައި 4, 2025 - 16:58
 0
ދިވެއްސަކު ރަހީނުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ފޮޓޯ: ފުލުހުން

މާލޭގެ ގެއެއްގައި ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މާލޭގެ ގެއެއްގައި ހުއްދަނޫން ގޮތެއްގައި މީހަކު ހިފަހައްޓައި، އަނިޔާކުރާކަމުގެ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހެޅުނެވެ. މި މައްސަލައިގައި ތުހުމަތުކުރެވެނީ އައްޑޫ ސިޓީ ފޭދޫ ސުވާސާގޭ އިބްރާހިމް ސައީދު (48 އަހަރު) ގެ މައްޗަށެވެ.

ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ކުރި މަސައްކަތުން، ރަހީނުކޮށްފައި ހުރި 44 އަހަރުގެ ދިވެހި ފިރިހެންމީހާ ހުރި ތަން ހޯދައި، އޭނާ ސަލާމަތްކުރުމަށްފަހު، މައްސަލައިގެ ތުހުމަތުގައި އިބްރާހިމް ސައީދު ވަނީ ހައްޔަރުކޮށްފައެވެ.

ރަހީނުކޮށްފައި ހުރި މީހާއަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާތީ، އޭނާއަށް ފަރުވާ ދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާއިރު، އިބްރާހިމް ސައީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0