ސިޔާސީ , ޚަބަރު

ދައުލަތުގެ މުދާ ވިއްކާލުމާމެދު އިމްރާން ކަންބޮޑުވުން ފާޅުކޮށްފި

ޖުލައި 6, 2025 - 21:41
ޖުލައި 7, 2025 - 08:17
 0
ދައުލަތުގެ މުދާ ވިއްކާލުމާމެދު އިމްރާން  ކަންބޮޑުވުން ފާޅުކޮށްފި
ކުރީގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން --- ފޮޓޯ: ދަ އެޑިޝަން

ދައުލަތުގެ އަގުހުރި އެސެޓްތައް ވިއްކާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވަނީ ސަރުކާރަށް ފާޑުވިދާޅު ވެއްޖެއެވެ. މިގޮތުން ހުޅުލެ އަދި ހަނިމާދޫ އެއާޕޯޓް ފަދަ ދިވެހިންގެ އަގުބޮޑު މުދާ ވިއްކާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝެއިޚް އިމްރާން ވިދާޅުވި ގޮތުގައި، "ހުޅުލޭ އެއަރޕޯޓް ވިޔަސް، ހަނިމާދޫ އެއަރޕޯޓް ވިޔަސް، މި ހުރީ ދިވެހިންގެ އަގުބޮޑު މުދާ! މިތަންތަން ތަރައްޤީކުރި ލީޑަރުން ބޭރުމީހުންނަށް މިތަންތަން ވިއްކާނުލާ އެކަން ކޮށްފަ އެއޮތީ، ނަޒަރު ހުސްވާ ހިސާބަށްވުރެ ދުރަށް އެބޭފުޅުންނަށް ވިސްނަން އެނގޭތީ."

މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ ކުރީގެ ލީޑަރުން ދިވެހިންނަށްޓަކައި ކޮށްދީފައި ހުރި މަސައްކަތް ވިއްކާލަން ވިސްނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދިވެހިންގެ ހަރުމުދާ ވިއްކާނުލައި ދައުލަތް ހިންގަން ނޭނގޭ ފަރާތްތަކަކީ ދިވެހި ސިންގާ ސަނާގައި ތިބުމަށް ކުފޫހަމަނުވާ ބައެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް އަމާޒުކޮށް ޝެއިޚް އިމްރާން ވިދާޅުވީ، ޒާތީ މަސްލަހަތަށްޓަކައި ގައުމުގެ ތަރިކަ ވިއްކައިގެން ވެރިކަން ކުރުމަކީ ދިވެހިން ބަލައިނުގަންނަ، ފޭލިވެފައި އޮތް ސިޔާސަތެއް ކަމުގައެވެ. އަދި މިއީ ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚުން ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވަންވީ އެންމެ މުހިންމު ފިލާވަޅު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0