ޚަބަރު

ދަރިވަރެއްގެ އިނގިލި އަނބުރާލި ޓީޗަރު ހައްޔަރުކޮށްފި

އިނގިލި އަނބުރާލާ ހުޅުން ނައްޓާލުމުގެ ކުރިން ޓީޗަރުގެ ގައިގައި އެ ދަރިވަރު ފެންފުޅިއަކުން ޖަހާފައިވާކަމަށް މިނިސްޓްރީން ބުނޭ

މޭ 28, 2025 - 19:05
 0
ދަރިވަރެއްގެ އިނގިލި އަނބުރާލި  ޓީޗަރު ހައްޔަރުކޮށްފި
ކަނޑޫދޫ ސްކޫލް -- ފޮޓޯ: ސޯޝަލްމީޑިއާ

ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓާލި އިންޑިއާ ޓީޗަރު އިއްޔެ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. ނަމަވެސް މި ވަގުތާ ހަމައަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެއް ނުވެއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގުމުގެ ކުރިން ދަރިވަރު ވަނީ ޓީޗަރުގެ ގައިގައި ފެންފުޅިއަކުން ޖަހާފައެވެ. އެއަށްފަހު ޓީޗަރު ވަނީ ދަރިވަރުގެ އިނގިލި އަނބުރާލާފައެވެ.

މި ހާދިސާއާ ގުޅިގެން ދަރިވަރަށް ވަނީ ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އަދި މި މައްސަލައިގައި ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ހާދިސާއާ ގުޅިގެން ދަރިވަރުގެ އާއިލާއިން ސްކޫލަށް ވަދެ ހަޑިހުތުރު ބަހުން ޒުވާބުކޮށްފައިވާ މައްސަލައެއް ހުށަހެޅުމަށް މިނިސްޓްރީން ވިސްނަމުންދެއެވެ.

މި މައްސަލައިގައި ދެފަރާތުން ވެސް ހިންގާފައިވާ އަމަލުތަކާމެދު ކަމާބެހޭ އިދާރާތަކުން ބަލަމުންދާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ޖިސްމާނީ އަނިޔާ ދިން އެކި މައްސަލަތައް ވަނީ ފެންމަތިވެފައެވެ. މީގެ ތެރޭގައި، ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައި ހުރި ކުއްޖެއްގެ ބޮލުގައި ދަގަނޑު ފެންފުޅިއަކުން ޖެހި މައްސަލަ ހިމެނެއެވެ.

މީގެއިތުރުން، ސްޕީޗް ތެރަޕީ ހަދަން ގެންދިޔަ އޯޓިސްޓިކް ކުއްޖަކަށް އަނިޔާކޮށް ކަތުރަކުން ހަމަލާދިން މައްސަލައެއްވެސް ވަނީ ރިޕޯޓްކުރެވިފައެވެ. އެ މައްސަލައިގައި ދެ ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0