ޚަބަރު

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތުގެ ދައުރު އިތުރު 5 އަހަރަށް ދަންމާލަނީ

ޖުލައި 14, 2025 - 12:20
ޖުލައި 14, 2025 - 16:13
 0
ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތުގެ ދައުރު އިތުރު 5 އަހަރަށް ދަންމާލަނީ
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު ޝަފީގު އައްޔަނުކުރެއްވުނީ 23 ޖުލައި 2020 ގައި --- ފޮޓޯ: ރައީސް އޮފީސް

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތުގެ މަގާމުގެ ދައުރު، އަދި ފަސް އަހަރަށް އިތުރުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

އެގޮތުން، ރައީސް މުއިއްޒުގެ ފަރާތުން މިއަދު މަޖިލީހަށް ފޮނުއްވެވި ސިޓީފުޅެއްގައި ވަނީ އިތުރު ފަސް އަހަރަށް ނިއުމާތުގެ ދައުރު ދަންމާލުމަށް މަޖިލީހުން ފެންނަ ގޮތަކަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ނިއުމާތުގެ މި ފަސް އަހަރުގެ ދައުރު ހަމަވަނީ މި މަހުގެ 23 ވަނަ ދުވަހަށެވެ. އޭނާ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރެވުނީ 23 ޖުލައި 2020 ވަނަ ދުވަހު އެވެ. އެއީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ގެ ވެރިކަމުގައެވެ. 

ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަކީ 2019 ވަނަ އަހަރުގެ ނޮވެންބަރު 20 ވަނަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 113 ވަނަ މާއްދާގެ ދަށުން އުފެދުނު މަގާމެކެވެ.

 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0