ޚަބަރު

ކެނެޑާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ކެނެޑާގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 1 ވަނަ ދުވަސް

ޖުލައި 1, 2025 - 14:16
 0
ކެނެޑާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ވިރާސީ

ކެނެޑާގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ "ކެނެޑާ ދުވަސް" ގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައިވަނީ"ކެނެޑާ ދުވަސް" ގެ މުނަސާބަގައި މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.



ރައީސްގެ ޕޯސްޓުގައި ކެނެޑާގެ ގަވަރުނަރ ޖެނެރަލް މަރީ ސިމޮންއަށާއި، އެޤައުމުގެ ބޮޑުވަޒީރު މާކް ކާނޭއަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

އަދި ރާއްޖެއާއި ކެނެޑާއިން ސިޔާސީ ގޮތުން ގުޅުން ޤާއިމުކުރިތާ، 40އަހަރު ވެފައިވާއިރު، ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމުގެ ޝަޢުގުވެރިކަން އެމަނިކުފާނުގެ މެސެޖުގައި ފާޅުކުރެއްވިއެވެ.

ކެނެޑާ ދުވަހުގެ ނަމުގައި ނަން ދީފައިވާ އެ ޤައުމުގެ ޤައުމީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހެއްގެ 1 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ 1867 ވަނަ އަހަރު، މިހާރު ކެނެޑާ އުފެދިފައި އޮތް ސަރަހައްދުގައި އޭރު އޮތް 3 ޕްރޮވިންސް އިނގިރޭސީންގެ އަތުން މިނިވަންވެ އެއް ޕްރޮވިންސަކަށް ބަދަލުވި ދުވަހާ ގުޅުވައިގެންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0