ޚަބަރު

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރަކަށް ފިނާ ހޮވިއްޖެ

ޖުލައި 14, 2025 - 00:29
 0
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރަކަށް ފިނާ ހޮވިއްޖެ
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ފިނާ އަށް ޓްރޮފީ ހަވާލުކުރަނީ --- ފޮޓޯ: ޕީއެސްއެމް ނިއުސް

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން 2025"ގެ ފަޚްރުވެރި އެއްވަނަ އައިޝަތު ފިނާ ފިރާޤް ހޯދައިފިއެވެ. ފިނާ އަށް އެއް ވަނަ ލިބުނީ ގްރޭންޑް ފިނާލޭ ގައި ވާދަކުރި ގަދަ ފަސް ބައިވެރިންގެ ތެރެއިން ފަނޑިޔާރުންގެ 70 އިންސައްތަ މާކްސް އާއި އެހުންތެރިންނާއި ބެލުންތެރިންގެ ވޯޓުގެ 30 އިންސައްތަ އާއި އެކު އެންމެ މަތިން ޕޮއިންޓް ހޯދައިގެންނެވެ. 

ފިނާ އަށް މުބާރާތުގެ ޓްރޮފީގެ އިތުރުން 25,000 ރުފިޔާގެ ފައިސާގެ އިނާމު ވެސް ވަނީ ލިބިފައެވެ. ހަމައެއާއެކު ދިވެހިރާއްޖޭގެ އަޑުގައި އެއް އަހަރު ދުވަހަށް މަސައްކަތް ކުރުމުގެ ކޮންޓްރެކްޓް ގެ އިތުރުން ތަފާތު އެކި އިނާމުތައް ވެސް ލިބިފައިވެއެވެ. 

އެގޮތުން އެންމެ ހާއްސަ އިނާމެއްގެ ގޮތުން ފިނާއަށް ވަނީ އުމްރާ ދަތުރެއް ލިބިފައެވެ. ފިނާ ފާހަގަކުރި ގޮތުގައި މި ކާމިޔާބީ އަކީ ފިނާގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ވަގުތުކޮޅެވެ. 

މި މުބާރާތުގެ 2 ވަނަ ހޯދައިފައި ވަނީ ލަޝަން މުޙައްމަދެވެ. އަދި 3 ވަނަ ހޯދައިފައި ވަނީ ޢަލީ ޖައިޝަން ޢާމިރެވެ. ލަޝަން އަށް 20,000 ރުފިޔާގެ ފައިސާގެ އިނާމު އަދި ޖައިޝަންއަށް 15,000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން އެހެނިހެން އިނާމުވެސް ވަނީ ލިބިފައެެވެ. 

ދިވެހިރާއްޖޭގެ އަޑުން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ގެނެސްދެމުން އަންނަ މިމުބާރާތަށް އާންމުންގެ ބޮޑު ތަރުހީބެއް ކޮންމެ އަހަރަކު ވެސް ލިބެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0