ޚަބަރު

ބަންގިއާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު އިތުރުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި

ބަންގިއާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު އިތުރުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި

ޖޫން 25, 2025 - 22:36
 0
ބަންގިއާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު އިތުރުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި
ސަލްމާން މިސްކިތް -- ފޮޓޯ:ގޫގުލް

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު އެއް މިނެއްގައި ހިފެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތިންނެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ނިންމާފައިވަނީ އާންމުންގެ ފަރާތުން ލިބެމުންދިޔα ޝަކުވާތަކަށް ރިއާޔަތްކޮށްގެންނެވެ. އެގޮތުން ގިނަ ބަޔަކު ޝަކުވާ ކޮށްފައިވަނީ ބަންގިއާއި ގަމަތާ ދެމެދު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ މައްސަލައިގައެވެ.

މިނިސްޓްރީން ކަނޑައަޅާފައިވާ އައު ގަވާއިދުގެ ދަށުން ފަތިސް ނަމާދުގައި 15 މިނެޓު، މެންދުރު އަދި އަސުރު ނަމާދުގައި 12 މިނެޓު، މަޣްރިބު ނަމާދުގައި 8 މިނެޓު އަދި އިޝާ ނަމާދުގައި 10 މިނެޓުބަންގިއާއި ގަމަތާ ދެމެދު ދެވޭނެއެވެ.

މި ބަދަލާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް އަންގާފައެވެ. މި ބަދަލު ގެނެސްފައިވަނީ މާލެ އާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގިއާއި ގަމަތާ ދެމެދުގެ ވަގުތު އެއް މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައެވެ.

މި ބަދަލާއެކު ނަމާދުކުރާ ފަރާތްތަކަށް ސުންނަތް ނަމާދު ކުރުމަށް އިތުރު ވަގުތު ލިބި، ނަމާދަށް ތައްޔާރުވުމަށް ފަސޭހަވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0