އޭޕްރިލް މަހު 4.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރި، އެކްސްޕޯޓުން ލިބުނީ 292 މިލިއަން
ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވާ ޤައުމަކީ ތައިލެންޑް

ކަސްޓަމުން މިއަދު އާންމުކުރި ހިސާބުތައް ދައްކާ ގޮތުން ތެޔޮ ހިމެނޭހެން އޭޕްރިލް މަހު 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ތެލުގެ އަގު ނުހިމަނައި އިމްޕޯޓު ކުރި މުދަލުގެ އަގަކީ 3.8 ބިލިއަނެވެ. މާޗު މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާއިރު، އެއާ އަޅާބަލާއިރު މި މަހު ވަނީ އިމްޕޯޓުގެ އަދަދު އިތުރުވެފައެވެ.
މިިދިޔަ މަހު ކަސްޓަމްސްއަށް އާންމުދަނީގެ ގޮތުގައި 379 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މާޗު މަހު އެކްސްޕޯޓުން ލިބުނު 320 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކްސްޕޯޓުން ރާއްޖެއަށް ވަނީ 292 މިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ މާޗު މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 124 މިލިއަން ރުފިޔާއެވެ. އެހެންކަމުން، މާޗު މަހާ އަޅާބަލާއިރު އޭޕްރިލް މަހު އެކްސްޕޯޓު ވަނީ އިތުރުވެފައެވެ.
ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވާ ގައުމުތަކަކީ:
- ތައިލެންޑު: 186 މިލިއަން ރުފިޔާ
- އިނގިރޭސިވިލާތް: 43 މިލިއަން ރުފިޔާ
- މިސްރު: 12 މިލިއަން ރުފިޔާ
- ވިއެޓްނާމް: 12 މިލިއަން ރުފިޔާ
- ސްވިޒަލޭންޑް: 11 މިލިއަން ރުފިޔާ
އެކްސްޕޯޓުން އާންމުދަނީ ލިބުނު ތަކެތީގެ ތެރޭގައި ހިމެނެނީ ދަޅު މަހުގެ ބާވަތްތަކާއި ގަނޑުކުރި މަހާއި މަހުގެ އެހެނިހެން އުފެއްދުންތަކެވެ.
ރިއެކްޓް



