ވިޔަފާރި , ޚަބަރު

އަހަރީ ޖަލްސާ ނުނިމެނީސް ހިއްސާދާރުންނަށް ފައިދާ ޖަމާވެއްޖެ

ހިއްސާއަކަށް ބަހާފައިވަނީ 80ރ

މޭ 19, 2025 - 00:29
ޖުލައި 1, 2025 - 02:56
 0
އަހަރީ ޖަލްސާ ނުނިމެނީސް ހިއްސާދާރުންނަށް ފައިދާ ޖަމާވެއްޖެ
އެސްޓީއީ އަހަރީ ޢާއްމުޖަލްސާގެ ތެރެއިން -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާ ނުނިމެނީސް، ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ރޭ ޖަމާކޮށްދީފިއެވެ.

އެސްޓީއޯގެ ހިއްސާދާރުން ވޯޓު ދިންތާ 15 މިނެޓުގެ ތެރޭގައި ހިއްސާދާރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރި ކަމަށް އެ ކުންފުނީގެ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ވަނީ ފާހަގަކޮށްފައެވެ.

ނަސަންދުރާ ހޮޓެލްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް ބަހަން ފާސްކުރީ ހިއްސާއަކަށް 80ރ. ގެ މަގުންނެވެ. އެސްޓީއޯގެ އެއް މިލިއަން ހިއްސާ ހިމެނޭ އިރު ހިއްސާދާރުންނަށް 90 މިލިއަން ރުފިޔާ ބެހުމަށް ނިންމިއެވެ. އެއީ ސަރުކާރަށް ލިބޭ 73 މިލިއަން ރުފިޔާ އާއި އާންމު ހިއްސާދާރުންނަށް ލިބޭ 17 މިލިއަން ރުފިޔާއެވެ.

ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ އެކުންފުނީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 99.9 ހިއްސާދާރުންގެ ވޯޓުންނެވެ.

އެސްޓީއޯއަށް 2024 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ.

އެސްޓީއޯ އަކީ ރާއްޖޭގެ ވިޔަފާރީގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. އެސްޓީއޯ ގްރޫޕުގެ 2024 ގެ ޖުމްލަ އާމްދަނީ އަކީ 16.7 ބިލިއަން ރުފިޔާއެވެ. މިއީ 2023 އަހަރާއި ބަލާއިރު ދެ އިންސަންތައިގެ ދަށްވުމެކެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދު އިބުރާހިމް ވިދާޅުވީ މި ދެ އިންސައްތަ ދަށަށް ގޮސްފައިވަނީ ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގު ދަށްވުމާ ގުޅިގެން ކަމަށެވެ. ކޮވިޑުގެ ދުވަސްވަރުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ވަނީ ގޮސްފައެވެ. ހަމައެއާއެކު ޔޫކްރެއިން އަދި ރަޝިޔާގެ ހަނގުރާމަ ފެށިގެން ދިޔުމާއެކު ތެލުގެ ބާޒާރު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައި ކަމަށް ޝިމާދު ވިދާޅުވިއެވެ.

ޝިމާދު ވިދާޅުވީ ހަމަ އެއާ ވިދިގެން 2022 އަދި 2023 ވަނަ އަހަރު އެސްޓީއޯގެ އާމްދަނީ ވެސް މައްޗަށް ދިޔަ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު ތެލުގެ އަގު މަޑުމަޑުން ދަށަށް ގޮސްފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0