ޚަބަރު

ޕޮލިސް ސްޓޭޝަނުގެ ކޮއްތު ފައިސާ އަމިއްލަ އެކަުންޓަށް ޖަމާކުރި މައްސަލައެއް

ޖުލައި 8, 2025 - 22:59
 0
ޕޮލިސް ސްޓޭޝަނުގެ ކޮއްތު ފައިސާ އަމިއްލަ އެކަުންޓަށް ޖަމާކުރި މައްސަލައެއް
ފުލުހުންގެ އިމާރާތެއް -- ފޮޓޯ: ވިރާސީ

ޝ. މިލަންދޫ ޕޮލިސް ސްޓޭޝަނުގެ ކޮއްތު ބަޖެޓު އެތަނުގައި ސްޓޭޝަން ވެގެން ތިބި ފުލުހުންގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ޝ. މިލަންދޫ ޕޮލިސް ސްޓޭޝަނުގައި މަަސައްކަތްކުރާ ފުލުހުންގެ އެކައުންޓުުތަކަށް ގިނަ އަދަދަކަށް ަފއިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާޑުން ވަނީ ބަލަން ފަށާފައެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި މައްސަލަ މިހާރު ދަނީ ތަހުޤީޤުކުރަމުންނެވެ. އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފުލުހުން މިހާރު މާލެ ގެނެސްފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ. 

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0