ކުޅިވަރު

ޕަލްމެއިރާސް ބަލިކޮށް ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފި

ޖުލައި 5, 2025 - 21:30
 0
ޕަލްމެއިރާސް ބަލިކޮށް ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފި
ފޮޓޯ: ޔޫއެސްއޭ ޓުޑޭ

ފީފާ ކުލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ބްރަޒިލްގެ ޕަލްމެއިރާސް އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޗެލްސީން ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފައެވެ.

މެޗުގެ ފުރަތަމަ ގޯލު ޗެލްސީއަށް ކާމިޔާބުކޮށްދިނީ މެޗު ފެށިގެން 16 ވަނަ މިނެޓުގައި ކޯލް ޕާމާއެވެ. މި ގޯލާއެކު ފުރަތަމަ ހާފު ނިމުނުއިރު ޗެލްސީ އޮތީ 1-0 އިން ކުރިއަށެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ގިނަ އިރުތަކެއް ނުވަނީސް، 53 ވަނަ މިނެޓުގައި އެސްޓެވާއޯ ވިލިއަމްސްވަނީ ޕަލްމެއިރާސްއަށް ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ނަމަވެސް މެޗުގެ 83 ވަނަ މިނެޓުގައި ޕަލްމެއިރާސްގެ ކުޅުންތެރިއެއްގެ އަމިއްލަ ގޯލަކުން ޗެލްސީއަށް ދެވަނަ ގޯލު ލިބުނެވެ. މި ގޯލާއެކު މެޗުގެ ނަތީޖާ 2-1 އަށް ބަދަލުވެ، އެއީ މެޗުގެ ފައިނަލް ސްކޯއަށްވެސް ވެގެން ދިޔައެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ޗެލްސީ ވާދަކުރާނީ ބްރަޒިލްގެ ޓީމު ފުލުމިނެންސް އާއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0