ޔޫކްރެެއިނުން ރަޝިޔާގެ ނޭވީގެ ޑެޕިއުޓީ ޗީފް މަރާލައިފި

ޔޫކްރެއިނުން ރަޝިއާގެ ނޭވީގެ ޑެޕިއުޓީ ޗީފް މޭޖާ ޖެނެރަލް މިޚައިލް ގުޑްކޯވް މަރާލައިފިއެވެ.
މި ކަން ރަޝިއާގެ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީން "ހަނގުރާމައިގެ އަމަލެއް" ކަމަށް ސިފަކޮށްފައިވާއިރު ރަޝިޔާގެ އިރުމަތީގައި އޮންނަ ޕްރިމޯސްކީ ސަރަހައްދުގެ ގަވަރުނަރު އޮލެގް ކޮޒެމިޔާކޯ ވަނީ ގުޑްކޯވް އަކީ "ވާޖިބު އަދާކުރައްވަމުން" މަރުވި ވަފާތެރި އޮފިސަރެއްގެ ގޮތުގައި ސިފަކޮށް ސޯޝަލްމީޑިއާގައި ވާހަކަދައްކަވާފައެވެ.
ކޮޒެމިޔާކޯ އިތުރަށް ވިދާޅުވި ގޮތުގައި ޔޫކްރެއިނުގެ މި ހަމަލާގައި އިތުރު ދިހަ މީހަކު މަރުވިއެވެ.
ޔޫކްރެއިނުން މިހަމަލާ ދީފައިވަނީ ޔޫކްރޭންގެ ސުމީ ސަރަހައްދާ ކައިރިން ހުޅަނގު ކަރސްކްގެ ބޯޑަރު ސަރަހައްދުގައެވެ.
ރިއެކްޓް



