ޚަބަރު

ޔުމްނު މައްސަލަ ތަހުގީގު ކުރި ރިޔާސީ ކޮމިޝަން އުވާލައިފި

ޖުލައި 13, 2025 - 21:18
ޖުލައި 13, 2025 - 21:20
 0
ޔުމްނު މައްސަލަ ތަހުގީގު ކުރި ރިޔާސީ ކޮމިޝަން އުވާލައިފި
ރައީސް ޑރ. މުޢިއްޒު -- ފޮޓޯ: ވިރާސީ

މިއަހަރުގެ އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި އިމާރާތަކުން އަންހެންކުއްޖަކު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށް އުފައްދާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން، މިއަދު އުވާލައްވައިފިއެވެ..

މި ކޮމިޝަން އުވާލެއްވީ ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ރައީސް ނެރުއްވި ޤަރާރަކުންނެވެ.

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން 27 އޭޕްރީލު 2025 ގައި އުފައްދާފައިވާ މި ކޮމިޝަނުގެ މަސްއޫލިއްޔަތަކީ، މާލޭގެ ގެއެއްގެ ފުރާޅުމަތިން ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ މިނިވަން އަދި މުސްތަޤިއްލު ތަޙުޤީޤެއް ކުރުމެވެ.

ކޮމިޝަނުން ވަނީ އެ ހާދިސާގެ ތަހުޤީޤު ކުރުމަށް ކަމާބެހޭ މުއައްސަސާތަކުން އެހާތަނަށް ކޮށްފައިވާ މަސައްކަތްތައް ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް މުޢިއްޒު އަށް ލަފާ އެރުވުމުގެ މަސައްކަތް ފުރިހަމަކޮށްފައެވެ.

ކޮމިޝަނުގެ ތަޙުޤީޤު ރިޕޯޓު ވަނީ 17 ޖޫން 2025 ގައި ޢާންމުކޮށްފައެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހޯމްލޭންޑް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީއަށް ރައީސް ވަނީ އަންގަވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0