ގުޅީފަޅު ގޯތިތަކުގެ އައު ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރަން ފަށައިފި

ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ބަންޑާރަ ގޯތީގެ އައު އެއްބަސްވުމާއި ރަޖިސްޓްރީ ދޫކުރަން ފަށައިފިއެވެ.
މިއީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތިތަކުގެ ލޮކޭޝަން ބަދަލުވުމާ ގުޅިގެން ކުރެވޭ މަސައްކަތެކެވެ.
ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، އެއްބަސްވުންތަކާއި ރަޖިސްޓްރީތައް ދޫކުރުމުގެ މަސައްކަތް މިއަދުގެ ހެނދުނު 9:30 އިން ވަނީ ފެށިފައެވެ.
ގޯތިތަކުގެ ރަޖިސްޓްރީ ހެއްދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ފުރުސަތު ޖުލައި 1 ވަނަ ދުވަހުން ފެށިގެން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ވަނީހުޅުވާލާފައެވެ.
ގޯތިތަކުގެ ލޮކޭޝަން ބަދަލުވުމާ ގުޅިގެން، މޭ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ގުރުއަތުލުމެއް ބޭއްވުނެވެ. މިނިސްޓްރީން ފާހަގަކުރައްވާފައިވާ ގޮތުގައި، މި ބަދަލާ ގުޅިގެން ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބާތިލުވެ، ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތީގެ އެއްބަސްވުން ވަނީ އުވިގެން ގޮސްފައެވެ.
ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި ނުވަހާހެއްހާ ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކޮށްފައިވެއެވެ.
ރިއެކްޓް



