ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މާލޭގައި ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 28 އަހަރުގެ ދިވެހި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ހެންވޭރުގައި ހުރި ގެއަކަށް ވަދެ، އެތަނުން 214 ގްރާމްގެ މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ މަސްތުވާތަކެތި ވަނީ އަތުލާފައެވެ. މީގެ އިތުރުން އެ ގެއިން 16،870 ރުފިޔާ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ އެ ގޭގައި ހުރި 28 އަހަރުގެ ދިވެހި ޒުވާނެކެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. މިފަދަ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ފުލުހުންނަށް ހިއްސާކުރުމަށް އާންމު ރައްޔިތުންގެ ކިބައިން ފުލުހުން އެދެއެވެ.
ރިއެކްޓް



