ފަރުމުލި މާފަރުގެ އިހްތިސާސުން ވަކިކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ޤަރާރަކުން، މިލަދުންމަޑުލު ދެކުނުބުރީ ފަރުމުލި އަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައަޅުއްވައިފިއެވެ.
މި ނިންމެވުމަކީ، މިދިޔަ އަހަރުގެ އޭޕްރިލް 15 ވަނަ ދުވަހު ފަރުމުލި އާއި ކަނޑިންމާހުރާ މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވި ނިންމެވުމަށް ގެންނެވި ބަދަލެކެވެ. މި ބަދަލު ގެންނެވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
ރައީސް އޮފީހުން މިއަދު ނެރުއްވި ޤަރާރުގައި ވާގޮތުން، ފަރުމުލި ވަނީ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
މި ބަދަލާ ގުޅިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅާފައިވާ ޤަރާރުގައި ހިމެނޭ ރަށްތަކުގެ ލިސްޓަށް ވަނީ ބަދަލު ގެނެސް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
ރިއެކްޓް



