މުކުރިމަގު ބަނދަރުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

ލ. ގަމުގެ މުކުރިމަގު ބަނދަރުން މިއަދު ހަވީރު ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަންފިއެވެ.
މި މައްސަލައިގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ މައުލޫމާތު ދޭގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އަތޮޅުތެރޭގެ ފެރީގައި ލ. ގަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާ ގުޅިގެން ނެވެ.
ހައްޔަރުކުރެވުނު ފަރާތް ބަލާ ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 321.40 ގްރާމްހުރި ޕެކެޓްތަކެއް ވަނީ އޭނާގެ އަތުން ފެނިފައެވެ. މި ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަމަށާއި މި މައްސަލައިގައި އިތުރު ފަރާތްތަކެއް ބައިވެރިވޭތޯ ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި، މި ފަދަ ބޮޑެތި މައްސަލަތައް ހުއްޓުވުމަށް ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.
ރިއެކްޓް



