ޚަބަރު

މާމިގިލީގައި ބޯވަ ނަގަން މޫދަށް އެރުނު 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ޖުލައި 14, 2025 - 20:39
ޖުލައި 14, 2025 - 20:58
 0
މާމިގިލީގައި ބޯވަ ނަގަން މޫދަށް އެރުނު 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

އދ. މާމިގިލީގައި ބޯވަ ނަގަން މޫދަށް ފޭބި 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މި ކުއްޖާގެ ހަބަރެއް ނުވެގެން މާމިގިލީ ރައްޔިތުން އެކުއްޖާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން ގިނަ އަދަދެއްގެ ޑިންގީތައް އެކުއްޖާ ހޯދުމަށް ފަޅުން ބޭރަށް ނުކުމެ ބޯވަ ނަގަން އުޅުނު ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށް މާމިގިލިން "ވިރާސީ" އަށް މަޢުލޫމާތުދިން މީހަކު ބުންޏެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެ ހަތަރު ކުދިން ބޯވަ ނަގަން ފޭބީ މެންދުރު ގަޑީގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

އެތަނުން އެއް ކުއްޖަކަށް ހަވީރު 5:30 ހާއިރު ފެނުނު ކަމަށް ބުނެފައިވާކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު ބުނި ކަމަށާއި އެ 4 ކުދިން ބޯވަ ނަގަން ތިބެފައި ރަށާއި ދިމާލަށް ފީނަމުން އައި އިރުވެސް ކުރީގައި އޮވެގެން އައީ ގެއްލިގެން އުޅޭ ކުއްޖާކަމަށް ބޯވަ ނަގަން ފޭބި ކުއްޖަކު ބުނި ކަމުގައި މާމިގިލިން "ވިރާސީ" އަށް މަޢުލޫމާތުދެއްވި މީހަކު ކިޔައިދިނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0