ޚަބަރު

މަސްތުވާތަކެއްޗާއެކު ތ. ގުރައިދޫއިން މީހަކު ހައްޔަރުކޮށްފި

ޖުލައި 14, 2025 - 17:17
 0
މަސްތުވާތަކެއްޗާއެކު ތ. ގުރައިދޫއިން މީހަކު ހައްޔަރުކޮށްފި
ފޮޓޯ: ފުލުހުން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ތ. ގުރައިދޫއިން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ޖުލައި މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ / ރާގެ، ރާއިދު މުޙައްމަދެވެ. މީނާ ހައްޔަރުކޮށްފައިވަނީ ގުރައިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރޭގައި ޕެޓްރޯލް ކުރަމުންދަނިކޮށް، އޭނާގެ ޢަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރުމަށްފަހުއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، އެ ރަށު ބަނދަރު ސަރަހައްދުން ރާއިދު މުޙައްމަދު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 14 ގުރާމުގެ އެއްޗެއް ވަނީ އޭނާގެ އަތުން ފެނިފައެވެ.

މި މައްސަލައިގައި ރާއިދު މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްގެންދަނީ ގުރައިދޫ ޕޮލިސް ސްޓޭޝަނުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0