ޚަބަރު

މަގޫދޫ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ދީފި

ޖުލައި 14, 2025 - 12:16
ޖުލައި 14, 2025 - 11:48
 0
މަގޫދޫ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ދީފި
މަގޫދޫ އެއާޕޯޓުގެ އިމާރާތެއް -- ފޮޓޯ: ރީޖަނަލް އެއާޕޯޓްސް

ފ. މަގޫދޫގައި ހަދަމުންދާ އެއާޕޯޓުގެ ފަޔަރ ސްޓޭޝަން އިމާރާތަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

މި ގެއްލުންތަކުގެ ތެރޭގައި އިމާރާތުގެ ކުޑަދޮރުތަކުގައި ހަރުކޮށްފައި ހުރި ބިއްލޫރިތައް ތަޅާލުމާއި، ސީލިންގ ފަޅާލައި ރޯކޮށްލުން ހިމެނެއެވެ.

މި މައްސަލަ ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސް، ރިޕޯޓުކޮށްފައެވެ. ނަމަވެސް، މި ވަގުތާ ހަމައަށް އެއްވެސް ފަރާތެއްގެ މައްޗަށް ޝައްކުކުރެވިފައެއް ނުވެއެވެ.

އެމްޓީސީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ވަގުތު އެ ސައިޓުގައި ތިބެނީ އެ ކުންފުނީގެ ދެ މުވައްޒަފުން އެކަންޏެވެ. އަދި އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެއްވެސް ބަޔަކު ނުތިބޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް މެދުކަނޑާލާފައިވަނީ މިދިޔަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކައިރިވެފައި ވަނިކޮށެވެ. އެހެންނަމަވެސް، މަސައްކަތް މެދުކަނޑާލި ސަބަބު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މަޝްރޫޢުގެ މަސައްކަތް މެދުކަނޑާލިއިރު، ގާތްގަނޑަކަށް 75 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. މި ހާދިސާއާ ގުޅިގެން އިތުރު ގެއްލުންތައް ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0