ޚަބަރު

އެމްއެމްޕީއާރުސީގެ ހަރަދު ކުޑަކުރަން އެންގުމަށް މަޖިލީހުން ފާސްކޮށްފި

ޖުލައި 9, 2025 - 15:31
 0
އެމްއެމްޕީއާރުސީގެ ހަރަދު ކުޑަކުރަން އެންގުމަށް މަޖިލީހުން ފާސްކޮށްފި
މިއަދުގެ މަޖިލިސް ޖަލްސާގެ ތެރެ -- ފޮޓޯ: މަޖިލިސް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހަރަދުތައް ކުޑަކުރުމަށް އެކުންފުންޏަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން އެކުލަވާލި ރިޕޯޓަށް ރިއާޔަތްކުރުމަށްފަހު މިއަދުގެ ޖަލްސާގައި މި ރިޕޯޓު ފާސްކުރީ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 62 ވޯޓުގެ އަގުލަބިއްޔަތުންނެވެ.

ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އެކުންފުނި ހިނގަމުންދަނީ ބޮޑު ގެއްލުމެއްގައެވެ.

މިއަދުގެ ޖަލްސާގައި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމަށްވެސް ވަނީ ފާސްކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0