އުކާލާ ކުނި ބޭނުންކޮށްގެން ޖަލުތަކުގައި ގަސްކާނާ އުފައްދަނީ

އުކާލާ ކުނި ބޭނުންކޮށްގެން ޖަލުތަކުގައި ގަސްކާނާ އުފައްދަން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ނިންމައިފިއެވެ.
ކަރެކްޝަންސްއިން ސޯޝަލްމީޑިއާގައި ޢާއްމުކޮށްފައިވާ ގޮތުގައި ސަސްޓޭނަބަލް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުއެއް ކުރިއަށް ގެންދިއުމާބެހޭގޮތުން ސޮނެވާ ނަމޫނާއެކު ވަނީ ފަހުމުނާމާއެއްގައި ސޮއި ކުރެވިފައެވެ.
ކަރެކްޝަންސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރުއެވެ. އަދި ސޮނެވާ ނަމޫނާގެ ފަރާތުން ސޮއިކުރެއްވީ އަޒްހޫރާ އަޙްމަދުއެވެ.
ކަރެކްޝަންސްއިން ސޮނެވާ ނަމޫނާއެކު، ސަސްޓޭނަބަލް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުއެއް ކުރިއަށް ގެންދިއުމާބެހޭގޮތުން ފަހުމްނާމާއެއްގައި ސޮއިކޮށްފިhttps://t.co/indO40qxKp pic.twitter.com/KGdVkGLSUH — Maldives Correctional Service (@CorrectionsMv) July 8, 2025
މި ފަހުމްނާމާގެ ދަށުން، ސޮނެވާ ނަމޫނާއިން ކާބާތަކެތި ބޭނުންކޮށްގެން ގަސްކާނާ ހެދުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދީ، ގައިދީންނަށާއި އޮފިސަރުންނަށް އެ މަސައްކަތް ދަސްކޮށްދިނުމުގެ އިތުރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 އަހަރު ދުވަހަށެވެ.
ރިއެކްޓް



