ޚަބަރު

އިސްރާއީލާއި ގުޅުން އޮތް ކުންފުންޏަކަށް ހަވާ އަރުވަން ދިން ވާހަކަ އަކީ ދޮގެއް: އެމްއޭސީއެލް

ޖުލައި 7, 2025 - 23:25
ޖުލައި 7, 2025 - 23:31
 0
އިސްރާއީލާއި ގުޅުން އޮތް ކުންފުންޏަކަށް ހަވާ އަރުވަން ދިން ވާހަކަ އަކީ ދޮގެއް: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ފޮޓޯ: ވިރާސީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުން އިޒްރޭލަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ ރާއްޖެޓީވީން ގެނެސްދިން ވާހަކަތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދޮގުކޮށްފިއެވެ.

އެމްއޭސީއެލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުގެ އެއްވެސް ކުންފުންޏަކާއެކު ނުވަތަ އިޒްރޭލަށް ފަންޑުކުރާ ކުންފުންޏަކާއި އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށާއި ރާއްޖެ ޓީވީން ފަތުރަމުންދަނީ ދޮގު މައުލޫމާތު ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އެމްއޭސީއެލްއިން އިތުރަށް ބުނި ގޮތުގައި ދިވެހިންގެ ވިންދާ ނުގުޅޭ އެއްވެސް ޢަމަލެއް އެ ކުންފުނިން ކޮށްފައި ނުވާނެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ޢަމަލެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް ބަޔާނުގައި ބުންފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެމްއޭސީއެލްއިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މި މަހުގެ 26 ވަނަ ދުވަހު، މިނިވަން ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާއިރު އެމްއޭސީއެލްއިން ގެންދަނީ އެއާޕޯޓަށް ވަންނަ މަގު އަލުން މަރާމާތުކޮށް އެދުވަހަށް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0