ޚަބަރު

އާންމުކޮށް ދިވެހިން ވިޔަފާރިކުރާ ސައިޓުތަކުން 30 ޕަސެންޓާއި ހަމައަށް ފީއެއް ނަގަނީ

ހަ ސައިޓަކުން ކުރާ ވިޔަފާރިއަށް 30 އިންސައްތައިގެ ފީއެއް ނަގަނީ

ޖޫން 30, 2025 - 12:01
ޖުލައި 1, 2025 - 10:30
 0
އާންމުކޮށް ދިވެހިން ވިޔަފާރިކުރާ ސައިޓުތަކުން 30 ޕަސެންޓާއި ހަމައަށް ފީއެއް ނަގަނީ
ހަ ސައިޓަކުން ކުރާ ވިޔަފާރިއަށް 30 އިންސައްތައިގެ ފީއެއް ނަގަނީ

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ވަނީ ދިވެހީން އެންމެ ގިނައިން ވިޔަފާރި ކުރާ ސައިޓުތަކުން ވިޔަފާރިކުރާ ނަމަ 30 ޕަސެންޓާ ހަމައަށް ފީއެއް ނެގުމަށް ނިންމައިފައެވެ.

ބޭންކުން މައުލޫމާތު ދިން ގޮތުގައި، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކަމުންދެއެވެ. މިގޮތުން ފީ ނެގުމަށް ހަމަޖެހިފައިވާ ސައިޓުތަކުގެ ތެރޭގައި ދިވެހިން އާންމުކޮށް ބޭނުންކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނެއެވެ. މި ފީ ނަގާނީ މާދަމާއިން ފެށިގެންނެވެ. 

ނަމަވެސް ބޭންކުން ފާހަގަކުރި ގޮތުގައި، ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓުތަކުން ފީއެއް ނުނަގާނެއެވެ. އަދި ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުން ވެސް ފީ ނެގުން ނުހިމެނޭނެއެވެ.

މީގެއިތުރުން ބޭންކުން ވަނީ މާދަމާއިން ފެށިގެން ބޭރުގެ އޭޓީއެމްތަކުން މަހަކަށް ނެގޭނެ އަދަދު 125 ޑޮލަރަށް ހަނިކޮށް، 10 ޑޮލަރުގެ ފީއެއް ނެގުމަށް ނިންމައިފައެވެ. މިއީ ރާއްޖޭން ބޭރަށް ނުދާ މީހުންގެ ކާޑުތައް ބޭނުންކޮށްގެން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނެގުން އިތުރުވަމުން ދިއުމާ ގުޅިގެން ނިންމި ނިންމުމެކެވެ.

ބޭންކުން ބުނީ، އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ. އަދި ކާޑުތަކުގެ މަހު ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާ ހަމައަށް ކަމަށްވެސް ބޭންކުން މައުލޫމާތު ދީފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0